Anarchist Radical Maldivian Youth

Killing to bring death penalty

Posted in fanatics by maldivesarmy on October 2, 2012

The coldblooded murder of Member of Parliament and religious scholar Dr Afrasheem Ali has been committed on the very day the parliament reconvened after a long recess. This brutal murder will lead to more debates among the general public about the implementation of death penalty and bring the debate straight into the parliament floor. The parliament may be the last unconquered territory for the radicals to claim to achieve their objective of bringing death penalty to Maldives. Home Minister Mohamed Jameel Ahmed has already dodged responsibility and passed the ball to the parliament when he said in July that the parliament should make a decision over implementing death penalty in Maldives. Minister Jameel has been fueling the debate in Maldives through constant rhetoric about implementing death penalty.

The attack on blogger Hilath Rasheed on 4 June 2012 has a similar pattern as the attack on Afrasheem. Hilath survived the attack and lives to tell the tale. The attackers were waiting in an alley next to Hilath’s house. Afrasheem’s attackers must have also been waiting either near his house or inside the house. In the case of Hilath, an attack on his throat with a box-cutter could not eliminate him though he had to undergo surgery at intensive care. This time the attackers did not take any chances. They stabbed Afrasheem on the back of his skull multiple times and stabbed him on his throat and chest.

The attack on Hilath did not create deafening calls for death penalty. His liberal friends and supporters did not join the fray in calling for an eye for an eye. The brutal murder of lawyer Ahmed Najeeb on 1 July 2012 brought back the topic of death penalty to limelight. Though there were several questions concerning his murder, two young people were arrested and a rushed investigation proclaimed them guilty of the murder and an equally rushed trial sentenced them to death. As lawyers and the judiciary reacted to the murder, Chief Justice Ahmed Faiz spoke in favour of implementing death penalty. Attorney General Azima Shukoor also took a very cautious approach when discussing death penalty. The government seemed unable to deal with the increasing calls for implementing death penalty in Maldives.

After the attacks on Hilath and Najeeb, it seemed inevitable that a member of parliament is stabbed to drive home the call for death penalty. It will not be a surprise if a judge is the next in the line of attack.

The authorities in Maldives have not arrested a single person in relation to the attack on Hilath. Minister for Human Resources, Mohamed ‘Mundhu’ Shareef, told AFP that while the government condemned the attack, “Hilath must have known that he had become a target of a few extremists.”

“We are not a secular country. When you talk about religion there will always be a few people who do not agree,” Shareef said.

When Dr Afrasheem talked about religion there were many people who did not agree. Some of them finally decided to kill him.

The attacks highlight the negligence of consecutive Maldivian governments in addressing the rising tide of fanaticism in the country. Even former President Mohamed Nasheed, who takes pleasure in speaking about the growing extremism in Maldives in his trips abroad, did not adequately investigate the first attack on Hilath on 10 December 2011 at the artificial beach of Male. Nasheed has also not spoken against the death penalty. Former President Gayoom, who persecuted several religious figures, finds no problem with the fanatics because they joined him to depose his rival Nasheed. President Dr Waheed continues to empower the extremists.

Afrasheem is a controversial scholar who has come under fire from other scholars and their followers for his opinions on religious matters. In October 2007 Adhaalath Party criticized Afrasheem’s stand on religious issues. On 1 February 2008 Afrasheem was attacked as he left Ibraheemee Mosque after Friday prayers. On 27 May 2008 two men on a motorbike attacked Afrasheem with a stone. On 26 June 2008, Supreme Council for Islamic Affairs banned Afrasheem from leading Friday prayers. On 6 July 2008 the Council lifted this ban. In September 2009 some people from Gan in Laamu Atoll shouted at Afrasheem and stopped him from giving a religious lecture.

In October 2009 Afrasheem said religion did not permit the government to stop its expenditures on women’s mosques. On 21 June 2010 he submitted a bill to parliament aiming to reduce religious divisions in society. Speaking at parliament he said differences in interpretation of religious matters has lead to some Maldivians calling other Maldivians apostates.

Afrasheem himself is not against death penalty. On 30 June 2009 he spoke in parliament calling for death penalty against child sexual abusers if a child dies from sexual abuse. On 21 March 2011 he supported death penalty in parliament when he spoke about a bill calling for death penalty submitted by MDP’s member of parliament Ahmed Rasheed.

David Hardingham supports dolphins in cages

Posted in corporate greed, propaganda by maldivesarmy on November 4, 2011

There is a new Rupert Murdoch in town. His name is David Hardingham. At the moment he owns only one newspaper. That is Minivan News. Since Minivan News is the main source of news in English language for foreigners and Maldivians its power to influence people should not be underestimated. Minivan News has hit an all-time low recently.

Eleanor Johnstone’s article on Amir Mansoor’s pet project (no pun intended) of caging dolphins in a Maldives lagoon reads just like a press release issued by Mansoor.

Maldivians have also jeered at Minivan News’ vain attempts to save the reputation of its former Marketing Manager Simon Hawkings who is responsible for a stupid logo and slogan unveiled for Maldives.

David Hardingham is a friend of Maldives President Nasheed and Honorary Consul of the Maldives in Salisbury (UK). His online newspaper Minivan News is given the task of polishing the image of Nasheed’s government and concealing the unpopularity of Nasheed.

އާމިނަތު ޖަމީލް އިސްތިއުފާ ދޭން ޖެހޭނެތަ ނުވަތަ ޖެހޭނީ ވަކިކުރަންތަ

Posted in political animals by maldivesarmy on July 3, 2011
މިހާރު ދިވެހިރާއްޖޭގައި މިއޮތީ އެނާކީ ކަމާއި މެދު ޝައްކު ކުރާނެ މީހަކު ވަރަށް މަދެވެ. ސަރުކާރެއް އޮތުމުގެ އެއްވެސް ބޭނުމެއް މިހާރު ރާއްޖޭގައި ނެތެވެ. އިމިގްރޭޝަން ޑިޕާޓްމަންޓު ފޭލިވުމުގެ ސަބަބުން އެތަނުގެ ކަންތައް ބަލަހައްޓަން ހަވާލުކޮށްފައިވަނީ ސިފައިންނާ އެވެ. ހެލްތު މިނިސްޓްރީ ފޭލި ވުމުގެ ސަބަބުން އެތަނުގެ މަސައްކަތާއި ވެސް ހަވާލުވެ ޑެންގީ ހުމުން ރާއްޖެ ސަލާމަތް ކުރަން ވެސް މިހާރު ތިބީ ސިފައިންނެވެ. ސިފައިންނަކީ ރާއްޖެ ސަލާމަތް ކުރަން ހުވާ ކޮށްގެން ތިބޭ ބަޔަކަށް ވާތީ އެމީހުން އެކަން ކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ކެނެރީގޭ ނަޝީދުގެ ވެރިކަމަށް ތިންއަހަރު ވެސް ނުވަނީސް މިވަރަށް ސަރުކާރު ފޭލިވުމަކީ ހާދަހާ ބޮޑު ޖޯކެކެވެ. ޑެންގީ ހުމުގެ ރޯގާގެ ސަބަބުން ހެލްތު މިނިސްޓަރު އާމިނަތު ޖަމީލު އިސްތިއުފާ ދިނުމަށް ގިނަ ބަޔަކު އެބަ ގޮވާލައެވެ. ނަމަވެސް އޭނާއަށް ކަހެރުވަކެކޭ ވެސް ހީނުވެއެވެ. މިއަށްވުރެ މާ ކުދިކުދި ކަންތަކާ ގުޅިގެން ވެސް ބޭރު ގައުމުތަކުގެ ވަޒީރުން އިސްތިއުފާ ދީފައި އެބަހުއްޓެވެ. މިސާލަކަށް 1988 ވަނަ އަހަރު އިގިރޭސި ވިލާތުގެ ޖޫނިއަރ ހެލްތު މިނިސްޓަރު އެޑްވީނާ ކިއުރީ ބިހުގައި ސެލްމޮނެއްލާ ހުރެޔޭ ބުނުމުން އުފެދުނު މައްސަލަގަނޑު ތެރޭ އޭނާ އިސްތިއުފާ ދިނެވެ. އާމިނަތު ޖަމީލު އިސްތިއުފާ ނުދިނަސް އޭނާ އެމަގާމަށް އައްޔަންކުރި މީހާގެ ވާޖިބެއް އެބައޮތެވެ. އެއީ ކެބިނެޓްގައި ރަގަޅަށް ވަޒީފާ އަދާ ނުކުރެވުމާއި ގުޅިގެން އޭނާ އެމަގާމުން ވަކިކުރުމެވެ. އާމިނަތު ޖަމީލު ރައްޔިތުންގެ މަޖިލީހުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ފޭލިވެފައި ނުވާ ކަމަށެވެ. އާމިނަތު ޖަމީލު ވަޒީފާއިން ވަކި ނުކުރާނަމަ އޭގެ މާނައަކީ ރައީސް ނަޝީދު ވެސް ރާއްޖޭގެ ސިއްހީ ދާއިރާގެ ކަންތައް ރަގަޅު ކަމަށް ގަބޫލު ކުރުމެވެ. އާމިނަތު ޖަމީލަކީ ހެލްތު މިނިސްޓަރުކަން އިންތިހާބަކުން ކާމިޔާބުކޮށްފައިވާ މީހެއް ނޫނެވެ. އޭނާއަކީ ރައީސްގެ ކެބިނެޓަށް ރައީސް އައްޔަންކޮށްފައިވާ މީހެކެވެ. މިހާތަނަށް ރައީސް ނަޝީދު ސިއްހީ ދާއިރާ ހިންގުމަށް އައްޔަންކުރަނީ މުޅިންވެސް ތާކުންތާކު ނުޖެހޭ މީހުންނެވެ. އެންސްޕާ ހިންގަން ހަވާލުކޮށްފައިވާ ވަހީދަކީ ވައްކަންކޮށްފައިވާ މީހެކެވެ. ނަމަވެސް އެތައް މިލިޔަން ރުފިޔާއެއްގެ ބަޖެޓަކާ ހަވާލުކުރީއެވެ. މީގެ މާނައަކީ ކިތަންމެ ކަރަޕްޓް މީހަކަސް އެއީ އެމްޑީޕީ މީހެއް ކަމަށް ވަންޏާ ރައީސް ނަޝީދަށް މައްސަލައެއް ނެތެވެ. ދެން ރައީސް އޮފީހުގެ ޕޮލިސީ ލިޔަން ހަވާލުކޮށްފައި ހުރި ބާރީ މަގާމަށް ފިޓު ނުވީމާ ގެންގޮސް ހެލްތު މިނިސްޓްރީގެ އިސް ވަޒީފާއެއް ދިނީއެވެ. ރައީސް އޮފީހުގެ ފާހާނާ ސާފުކުރަން ވެސް ފިޓު ނޫން މީހަކަށް ހެލްތު މިނިސްޓްރީގެ ސިޔާސަތު ހިންގަން ހަވާލުކުރީމާ އޭގެ މާނައަކީ ރައީސް ނަޝީދު ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއާއި މެދު އަޅާނުލަނީއެވެ. ނަމަވެސް މައުމޫނަށް ފާޑުކިޔަން ސަންގު ނެރުނު ދުވަސްވަރު “ދިވެހިރާއްޖޭގެ ސިއްހަތަށް ފަރުވާ ބޭނުން” ކަމަށް ސަންގުގެ ބޭރުގަނޑުގައި ޖަހާފައި އޮތެވެ.

އެމްޑީޕީގެ ރައީސަކަށް ވާން އުޅޭ މީހާގެ ފަތިފުށް

Posted in political animals by maldivesarmy on April 28, 2011
އެމްޑީޕީއަކީ ސިޔާސީ ފިކުރެކެވެ. މިއަދު އެފިކުރާއި ހަވާލު ވުމަށް ތައްޔާރުވެފައި އެހެރީ އިބްރާހިމް ހުސައިން ޒަކީއެވެ. ދިވެހި ގައުމު މިހާތަނަށް ދުށް އެންމެ ކަރަޕްޓް އެއް އިންސާނާއެވެ. އޭގެ މާނައަކީ އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން ކަރަޕްޝަނަށް މަރުހަބާ ކިޔަނީއެވެ. ރައީސް ނަޝީދު ޒަކީ ހޮވުމަށް ހޭބޯނާރާ މަސައްކަތް ކުރުމުގެ މާނައަކީ ރައީސް ނަޝީދު ކަރަޕްޝަނަށް ތާއީދުކުރަނީއެވެ. ތިރީގައި މިވަނީ މޯލްޑިވްސް ކަލްޗާ ކިޔާ ވެބްސައިޓެއްގައި 17 ޖުލައި 2004 ވަނަ ދުވަހު އިގިރޭސި ބަހުން ލިޔެފައިވާ މަޒުމޫނެއްގެ އެއްބައިގެ ތަރުޖަމާއެކެވެ. މިލިޔުން ވަނީ ދިވެހި އޮބްޒާވަރ ވެބްސައިޓުގެ ފޯރަމެއްގައި 2004 ވަނަ އަހަރު ޖުލައި މަހުގައި ވެސް ޝާއިއުކޮށްފައެވެ. މިލިޔުމުގައި ޒަކީގެ ކަރަޕްޝަނުގެ ވާހަކަތައް ވަރަށް ތަފުސީލާއި އެކުގައި ލިޔެފައިވެއެވެ. ނަމަވެސް މީގައި ނުލިޔާ ކިތަންމެ ވާހަކައެއްވެސް އެބަހުއްޓެވެ. މިސާލަކަށް ޒަކީ ޕްލޭނިން މިނިސްޓަރަކަށް ހުރެގެން އައްޑޫ ލިންކް ރޯޑު މަޝްރޫއުން ލާރިގަނޑެއް ކާލި ވާހަކަ މިލިޔުމުގައި ނެތެވެ.

“އިބްރާހިމް ހުސައިން ޒަކީ ޓޫރިޒަމް މިނިސްޓަރަކަށް ހުރި އިރު ސަންލޭންޑް ޓްރެވަލްގެ ފަރާތުން ވެލާވަރާއި، ކިހާދުއްޕަރާއި ދުނިކޮޅު މިތިންރަށް ހޯދުމަށް ލާން އުޅުނީ އެންމެ ބިޑެކެވެ. ޒަކީއަށް މިކަން އެގިގެން އޭނާއަށް ފައިދާވާ ގޮތަށް ކަންތައް ރާވާލިއެވެ.

ސަންލޭންޑްގެ މެނޭޖިން ޑިރެކްޓަރު ޝަބީރު އަހުމަދު މިތިން ރަށަށް ވަކި ތިން ޕްރޮޕޯސަލް ހުށަހެޅީ ޒަކީ ބުނެގެން ކަމެއް ޔަގީނެއް ނޫނެވެ. ނަމަވެސް އެފަހަރު ޝަބީރަށް ކާމިޔާބުވިއެވެ. އޭރު ޝަބީރު ބޭނުންވެފައި ހުރީ އެންމެ ރިސޯޓެކެވެ. މޭޒު އަޑިން ހެދި ޑީލްތަކަކަށް ފަހު ޒަކީ ޝަބީރަށް ވިސްނާދިނީ ކިހާދުއްޕަރުގައި ރިސޯޓެއް ހަދަން އަތަމާއަށް ދިނުމަށެވެ. ޒަކީގެ ދެއަނބިންގެ ތެރެއިން އެއް އަނބި މަސްއޫދާ އަކީ އަތަމާ އާއިލާ މީހެކެވެ.

ޝަބީރު ނެގީ ހަމައެކަނި ދުނިކޮޅެވެ. ދެން ވެލާވަރު އޭނާ ދިނީ ޒަކީއަށެވެ. ޒަކީ ވެލާވަރު ވިއްކާލީ ޗަމްޕާ ހުސައިން އަފީފަށެވެ. ވެލާވަރުގެ މައްސަލައިގައި ވީގޮތަކީ ޓޫރިޒަމް މިނިސްޓްރީގެ ރިސޯޓު ބިޑާއި ބެހޭ ކޮމިޓީގެ ބޮޑު މީހަކަށް ހުރި ޒަކީ ސަންލޭންޑަށް ތިން ރިސޯޓު ލިބުމުގެ ބޭނުންކޮށް ނާޖާއިޒު ފައިދާ ނަގާކަން އޭރުގެ ރައީސް މައުމޫނަށް އެގުނީއެވެ. ދެން މިކަން އޮއްބާލަން ޒަކީއަށް ޖެހުނީ އޭރުގެ ރައީސްގެ އެގްޒެކެޓިވް ސެކެޓްރީ އަބްދުއްލާ ޝާހިދާއި އޭރުގެ އެޓާނީ ޖެނެރަލް ޑރ މުހައްމަދު މުނައްވަރުގެ އެހީ ހޯދާށެވެ.

މިކަން އޮއްބާލުމަށް އަބްދުއްލާ ޝާހިދާއި މުނައްވަރާއި ދެމީހުންކުރެ ކޮންމެ މީހަކަށް ޗަމްޕާ އަފީފު 500،000 ޑޮލަރު ދިނެވެ. ހަމަ އެއަދަދަށް ޒަކީއަށް ވެސް އަފީފު ހުށަހެޅިއެވެ. ނަމަވެސް ޒަކީ ބޭނުންވީ އެއަށްވުރެ ގިނައިންނެވެ. ޗަމްޕާ އަފީފު ހުރީ ވެލާވަރު ހޯދަން ވަރަށް ބޭނުންވެފައި ކަމަށްވާތީ އެންމެ ފަހުން އޭނާ ޒަކީއަށް ހުށަހެޅީ ޒަކީގެ ގެ 8 ބުރިއަށް އިމާރާތްކޮށްދީ އެންމެ މަތީގައި ސްވިމިން ޕޫލެއް ހަދާދިނުމަށެވެ. ޒަކީ މިކަމަށް ދެން އެއްބަސްވެއްޖެއެވެ.

އެކަމަކު ޒަކީ 3 ރަށް ހޯދުމުން އެކަމާ އޭރުގެ ރައީސް މައުމޫން ހިތްހަމައެއް ނުޖެހުނެވެ. އެއީ ޒަކީ މައުމޫނަށް ބައި ނާޅާތީއެވެ. މިރަށްތަކުގެ މައްސަލައަކީ ޒަކީ އަށް ފަހުން ވެސް އުދަގުލަކަށް ވެފައި އޮތް ކަމެކެވެ. މައުމޫނު 2003 ނޮވެމްބަރުގައި ޒަކީ ކެބިނެޓުން ބޭރުކޮށްލި އެއް ސަބަބަށް މިކަން ވެދާނެއެވެ.

އިބްރާހިމް ހުސައިން ޒަކީގެ ޓޫރިޒަމް މިނިސްޓަރު ކަމުގައި 14 ރަށެއް ރިސޯޓަށް ހެދުމަށް ބިޑަށް ލެވުނެވެ. ބައެއް ރިސޯޓު ހިންގާ މީހުން އަތުން ޒަކީ ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައި އޭނާގެ ބާރާއި ނުފޫޒުގެ ބޭނުންކޮށްގެން އެމީހުންނަށް ރިސޯޓު ހެދުމަށް ރަށްތައް ކާމިޔާބުކޮށްދިނެވެ.

އެދުވަސްވަރު ޒަކީއާއި އޭނާގެ އާއިލާ ވަރަށް ގިނައިން ޅޮހިފުށި ރިސޯޓުގައި ޗުއްޓީ ހޭދަކުރިއެވެ. އެރިސޯޓުގެ ވެރިން ޒަކީއަށް ވަރަށް ރަގަޅަށް މެހުމާންދާރީ އަދާކުރިއެވެ. މީގެ ބަދަލުގައި ޑިމްސްގެ ހިއްސާދާރުން ސޯލިހުއާއި އިބްރާހިމް ދީދީއަށް ކޮންމެ މީހަކަށް ރިސޯޓެއް އެފަހަރު ލިބުނެވެ. ރިސޯޓުތައް ދިން ފަހުން އެތައް ދުވަހެއް ވީފަހުން ވެސް ޒަކީއަށް ޑިމްސްއިން ޗެކު ލިބެމުންދިޔައެވެ.

ޒަކީއާއެކު ޒަކީގެ ރަހުމަތްތެރި އޭރުގެ ބަންޑާރަ ނައިބު ޑރ މުނައްވަރު ވެސް ރިސޯޓުތަކަށް ގޮސް ރާބޮއެ އުޅުނެވެ. މުނައްވަރު ވަނީ ސަންލޭންޑް ގްރޫޕާއި އާއިލީ ގޮތުން ވެސް ގުޅިފައެވެ. ސާދަ ރަށުގެ ތެރެއިން ސަންލޭންޑަށް ވެސް ރަށްތަކެއް ލިބުނެވެ.

ޒަކީގެ ކަރަޕްޝަނާއި މެދު އޭރުގެ ރައީސް މައުމޫން އަޅާނުލާ ހުއްޓަސް ޒަކީ ހުދުފުށީގެ ބިޑުގެ ކަންތައް ގެންދިޔަ ގޮތާއި މެދުގައި މައުމޫނު ހިތްހަމައެއް ނުޖެހުނެވެ. ގިރާވަރު ރިސޯޓު ހިންގާ އަބްދުލްރައޫފް އެރަށް ހޯދުމަށް ބިޑުކުރިއެވެ. މައުމޫނު ބޭނުންވީ ރައޫފަށް އެރަށް ކާމިޔާބު ވުމަށެވެ. ސަބަބަކީ މައުމޫނުގެ ދޮށީ ފިރިހެން ދަރި ފާރިޝް އިނދެގެން އުޅެނީ ރައޫފްގެ އަންހެން ދަރިއަކާ ކަމަށްވާތީއެވެ. ވީމާ ހުދުފުށި އަލުން ބިޑަށްލީއެވެ. ދެން ކާމިޔާބުކުރީ ރައޫފެވެ. އެކަމަކު އެތައް އަހަރެއް ވީއިރުވެސް ރައޫފް އެރަށުގައި ރިސޯޓެއް ނަހަދައެވެ. އެގްރިމެންޓާއި ހިލާފުވިޔަސް މައުމޫނު މިކަމާ އަޅައެއް ނުލައެވެ. ހުދުފުއްޓަކީ މަޑި ވިހާ ބޮޑުވާ ތަނަކަށްވާތީ ވަރަށް ގިނަ ދިވެހިން ބޭނުންވަނީ ރިސޯޓެއް ހެދުމުގެ ބަދަލުގައި އެތަން ރައްކާތެރިކޮށްފައި ބާއްވާށެވެ.

ރިސޯޓު ހެދުމަށް ރަށްތައް ހޮވިއިރު ތިމާވެއްޓަކަށް ނުބަލައެވެ. އިސްމާއިލް ފިރާގު ކަހަލަ ޓޫރިޒަމް މިނިސްޓްރީގެ ވެރިން ރަށްތައް ހޮވަން ވެގެން ބޮއެގެން ތިބެ ގޮސް ރަށްތައް ބަލާފައި ރަށްތައް ކަނޑައެޅީއެވެ.

ޒަކީ ޓޫރިޒަމް މިނިސްޓަރެއްގެ ގޮތުގައި ޓޫރިޒަމް އިންޑަސްޓްރީގެ ތެރޭ އަދި ބޭރު ދުނިޔޭގައި ވެސް ވަރަށް މަގުބޫލެވެ. ކުރީގެ ސާކު ސެކްރެޓަރީ ޖެނެރަލްގެ ގޮތުން އޭނާ ވަނީ ކަންތައް ހާސިލުކުރާ މީހެއްގެ ގޮތުގައި ފާހަގަވެފައެވެ. އެހެން މިނިސްޓަރުން ޒަކީއާއި މެދުގައި ހަސަދަވެރިވެ އިންފޮމޭޝަން މިނިސްޓަރު އިބްރާހިމް މަނިކު (މައުމޫނުގެ އަންހެނުން ނަސްރީނާގެ ޅިޔަނު ސަމަރޭ) ޒަކީއަށް ޓީވީއިން ވެސް ވަރަށް ފުރުސަތު ނުދެއެވެ.

ޒަކީގެ މަގުބޫލުކަމަކީ އެހެން މިނިސްޓަރުންނާއި މައުމޫނަށް ވެސް އޮތް ނުރައްކަލަކަށް ވިއެވެ. ވީމާ ޒަކީ ކެބިނެޓުން ބޭރުކޮށްލާނެ ކަމަށް ވާހަކަ ދެކެވުނެވެ.

1998 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު މައުމޫނު އޭނާގެ ކެބިނެޓު ނެގިއިރު ޒަކީ މިނިސްޓްރީ އޮފް ޕްލޭނިން އެންޑް ނެޝަނަލް ޑިވެލޮޕްމަންޓަށް ބަދަލުކުރިއެވެ. ބައެއް މީހުން ބުނާގޮތުގައި ޒަކީ ކެބިނެޓުން ބޭރު ނުކުރީ ޒަކީ އަކީ މައުމޫނުގެ ބަޔޯގްރަފީ “އަމޭން ފޯ އޯލް އައިލޭންޑްސް” ގެ އެއް މޭސްތިރިކަމަށް ވާތީއެވެ. މިފޮތް ލިޔުނީ ރޯއިސްޓަން އެލިސް ކިޔާ މީހެކެވެ. ފޮތަށް ހަރަދުކުރީ ޗަމްޕާ ހުސައިން އަފީފު ފަދަ މުއްސަދި ރިސޯޓު ހިންގާމީހުންނެވެ. މިއީ މައުމޫނުގެ ނަން މަޝްހޫރުކުރުމަށް ލިބުނު އިތުރު ބާރެކެވެ.

ހިންގާ މީހެއްގެ ގޮތުގައި ޕްލޭނިން މިނިސްޓަރުގެ ގޮތުގައި ވެސް ޒަކީ ފާހަގަވިއެވެ. އައްޑު އަތޮޅު ވިލިގިލީގައި ރިސޯޓު ހެދުމަށް ހެދި ކުންފުންޏެއްގެ ހިއްސާދާރުންނަށް ޒަކީއާއި މުނައްވަރު ވީވެސް މިދުވަސްވަރުގައެވެ. މިރިސޯޓު ހެދުމުގައި ސަރުކާރު ވެސް ހިއްސާ ވާތީއާއި އެކުގައި ޒަކީ މިކަމުގައި ބައިވެރިވީ މައުމޫނުގެ ރުހުމާއި އެކުގައިކަން އެގެއެވެ.

2003 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހުގައި މައުމޫނު ކެބިނެޓު އިއުލާން ކުރިއިރު ޒަކީއަށް ޖާގައެއް ނުދެއެވެ. މައުމޫނާއި އޭނާގެ ކޮއްކޮ އަބްދުއްލާ ހަމީދު، ހަމީދުގެ ދަރި ހަމްދޫނަށް ކެބިނެޓު މަގާމެއް ދޭން ބޭނުންވެފައި ތިބޭތާ އޭރު ދުވަސްތަކެއް ވެއްޖެއެވެ. އޭރު ޑެޕިއުޓީ ޕްލޭނިން މިނިސްޓަރަކަށް ހުރި ހަމްދޫން ބޭނުންވީ ހަމައެކަނި މަގާމަކީ ޕްލޭނިން މިނިސްޓަރުކަމެވެ.

ޒަކީއަށް އެހެން މިނިސްޓްރީއެއް ވެސް ހަވާލު ކުރެވިދާނެއެވެ. ނަމަވެސް މައުމޫނު އޭނާއަށް ދޭން އުޅުނީ އޭރު މައުމޫނު އުފައްދަން އުޅުނު ހިއުމަން ރައިޓްސް ކޮމިޝަންގެ ޗެއާރޕާސަން ކަމެވެ. މިއީ ވަޒީރު ފެންވަރުގެ މަގާމަކަށް ނުވުމުން ޒަކީ އެކަން ގަބޫލެއް ނުކުރިއެވެ.

ޒަކީ ޕްލޭނިން މިނިސްޓަރަކަށް ހުރި އިރު މަގާމުގެ ނާޖާއިޒު ފައިދާ ނެގި އަނެއް ކަމަކީ ރީތި ރަށް ރިސޯޓު ބޮޑުކުރުމުގެ މަސައްކަތެއް ހުއްޓުވައިގެންނެވެ. އެރިސޯޓަކީ ރައްޔިތުންގެ މަޖިލީހުގެ ބ. އަތޮޅު މެންބަރު ތަސްމީނު އަލީގެ ބައްޕަ މިނާ ކުޑޭގެ ރިސޯޓެކެވެ. ރީތި ރަށުގެ މަސައްކަތް ކުރިޔަށް ގެންދިއުމުގެ ހުއްދަ ހޯދައި ރައީސް މައުމޫނު އެކަމަށް އެއްބަސް ކުރުވުމަށް ޒަކީ ބޭނުންކުރީ ރައީސްގެ އެގްޒެކެޓިވް ސެކްރެޓަރީ އަބްދުއްލާ ޝާހިދާއި ޒަކީއާއި ދެމެދު އޮންނަ ރަހުމަތްތެރިކަމެވެ. މިކަމުގެ ބަދަލުގައި ރީތި ރަށުން ޒަކީ 2 މިލިޔަން ޑޮލަރު ހޯދިއެވެ.

ޒަކީ ޝާހިދަށް މިކަމުގައި ދިނީ ކިހާވަރެއްގެ ފައިސާއެއް ކަމެއް ނޭގެއެވެ. ހީވާގޮތުގައި މައުމޫނަށް ވެސް އެފަހަރު ބައި އެޅިއެވެ.

ކްލަބް މެޑުން ހިންގި ފަރުކޮޅު ރިސޯޓުގެ ކަންތައްގަނޑެއް ސަރުކާރުން ތަހުގީގު ކުރަމުން ދަނިކޮށް ޒަކީ އެކަން ހުއްޓުވީ ޒަކީއަށް 15،000 ޑޮލަރު ދިނުމުންނެވެ. މިއީ ޒަކީ ނަގަމުން ދިޔަ ބޮޑު ރިޝްވަތުތަކާ އަޅާކިޔާއިރު ކުޑަ އަދަދެއް ނަމަވެސް އޭނާގެ ކާރުތައް ބެލެހެއްޓުމަށް ފުދޭވަރެއްގެ އަދަދެކެވެ. ”

Why Zaki is the best for MDP President

Posted in political animals by maldivesarmy on April 26, 2011

The corruption deliberately planned by the leaders of the MDP government can be continued only by electing a very corrupt figure as MDP President. This is why Ibrahim Hussain Zaki is the best person for MDP President.

Read this if you want to find out more about Ibrahim Hussain Zaki.

Some comments from Dhivehi Observer forum published in July 2004:

Hello, I would be grateful if you will post this on the open forum of DO.

First of all Congratulations to you reform fighters, indeed the hard work is paying off Maldives had begun to enter a new era in the recent months. But Sadly this time I am here to shed some light on an another angle.

Correct me if I am Wrong, that Two of the worst Corrupt Scoundrels Mr. Munawwaru and Mr. Zaki are MDP general council members, also Mr. Munawwaru appearing in the DO dream team.

This had to be the worst joke I heard in my whole life. Two ex-cons from the Maumoon regime. When they lose Money laundering posts suddenly become pure democracy fighters.

What I cant believe is that how can they claim their innocence without going to court for the publics money they stole while in their respective posts.

This is no “THO THO WAAHAKA ” these are proved points, there are no words to describe but CORRUPT for those two.

I like to highlight some CRIMES in detail.

Mr. ZAKI:

1 – Involved in high profile UNDERHAND DEALS when he was in Tourism at the time of bidding and Leasing back then. (refer to SANDHAANU for more)
2 – Un-countable UNDERHAND DEALS and Money Laundering from Major projects back then in Planning Ministry (Link road, “Kalhuhan” deals etc )
3 – Used Planning Ministry resources to Conduct personal Business.
4 – A DRUNK.( see SANDHAANU for more )

The above statements pale in comparison to what extent of Money he actually robbed back in those days, my estimate is that it will be over 1 MILLION IN ILLEGAL FUNDS. Also he was an avid supporter of Maumoon who held posts in the “CONSULTANT” area mainly rigging development figures published from Annual reports in MPND and supporting to publish the book “A MAN FOR ALL ISLANDS”. Also he has been said to coax and harass female employs to attend resorts and go Abroad with him. Failure will be fatal. EG: LIKE THE TIME HE WENT ON TO LANKA WITH SOME BUSINESS ASSOCIATES ACCOMPANIED BY SELECTED 11 OR MORE FEMALE EMPLOYEES FROM MPND (no heads were informed, or Males were taken and the funny thing is the parents were notified that they were going to a “STUDY TRIP” did not even appear in the YAUMIYYA. I feel sad for the girls parents and disgrace be for those bunch of girls considered cheap entertainment. WELL DONE.

Mr. MUNAWWARU:

Without a doubt the main henchman in law for Maumoon at that time. All the cases in the Human Rights commission will be infact partially blamed on him and the Embarrassment for all reformists will be the Statement published in the Daily Newspapers this week, A LETTER CRITICIZING AND COMPLICATING WHY POLITICAL PARTIES CANT BE REGISTERED IN THE MALDIVES. This was the same man now who is shouting as hell to get the parties registered. WE DON’T NEED DOUBLE TALKERS.

So maybe these are my points of view, but with truth no body can deny. in the meantime I offer my full support for True reformers as ANNI, REEKO, SAPPE’, IBRA etc as people who have suffered and are true human beings interested not to just “FILL EMPTY SPACES” as mentioned in the last
nights reform meeting. The reform board should be free from ex-Maumoon Stooges and “RATS JUMPING FROM A SINKING SHIP”.

Ahmed Ahmed by email

——

Dear Readers and the Editor-in-Chief of DO Mr, Sappe’

Lets put things aside with this BIASED story. Look we all want to send Maumoon out of the People’s House. In fact I would vote a hay sack rather than vote for Maumoon. So lets all stick together for now atleast.

Mr, Sappe’ as I’ve read DO as the peoples press, I would like to remind you keep it as such. Not the mouthpiece of MDP. Like to include any corrupt politician regardless they are anti-Maumoon or not. Like the two hired Goons Zaki and Munavvar. I think if anyone who had tasted the peoples wealth illegally should be included in the FrontPage of DO.

Any way keep up the good work.

the JUDGE
Male, K Maldives – Monday, July 26, 2004 at 08:37:11 (MDT)

Mariyam Zulfa robs Maldivians of 85 million dollars

Posted in corporate greed, filthy rich by maldivesarmy on April 16, 2011

Mariyam Zulfa, the recently appointed tourism minister, has robbed Maldivians of 85 million dollars. Minivan News report:

The Tourism Ministry has renewed the lease for Hudhufushi in Lhaviyani Atoll despite the resort island’s owner owing more than US$85 million in unpaid rent.

According to a 2009 audit report, Hudhufushi’s leasee Abdul Rauf owed US$57.7 million in unpaid rent to the government going back to 2002, the majority of the amount accumulated fines from years of non-payment.

The lease rent owned by the Hudhufushi resort is one of the government’s largest debtors in the tourism sector, and was noted in both the tourism ministry and trade ministry’s audit reports for 2007.

Under the original 35 year lease agreement signed between Rauf and the government in 2000, the resort was to open on June 30, 2002.

Former Auditor General Ibrahim Naseem, dismissed by parliament last year days after ordering past and present government ministers to submit to an audit of their assets, had recommended repossessing the island and establishing a mechanism to take legal action against tax evasion.

His audit suggested that at least Rf117 million (US$910,000) of the amount was recoverable.

Local media this week reported that the debt had climbed to US$85 million, and that the government had renewed the lease under a new agreement stating that the amount would be paid back starting from the 11th year of the agreement.

In addition, the agreement requires two payments of US$750,000 before June 1 and December 1 of this year, local newspaper Haveeru reported, or it will be terminated.

When rumours started in Male that Zulfa was to be appointed tourism minister, some websites and blogs speculated that she would be appointed because her brother is Mohamed Zuhair, the press secretary at president’s office. Who is Munavvar blog, which has at times taken up issues that we are also concerned with such as the high internet tariffs in the Maldives, was at the forefront of that speculation.

Zulfa was indeed appointed tourism minister but not because of her brother. Zuhair and Zulfa come from very different political backgrounds.

Zulfa is married to Sim Ibrahim Mohamed, who is the Secretary-General of Maldives Association of Tourism Industry (MATI), the lobby group of the rich tourism tycoons. Sim has been filling that position for over a decade and he is the mouthpiece of the resort owners. Sim is also a member of the Hinnavaru clan which is getting more and more powerful in the current government. Those connections secured Zulfa a seat in cabinet.

In short, President Nasheed has handed over the Ministry of Tourism to resort owners from MATI by appointing Zulfa as tourism minister. Zulfa will make sure the riches of the Maldives tourism industry will go into the hands of a few people. In return, the powerful tourism tycoons will back Nasheed in his re-election bid for 2013.

The tourism tycoons backed General Maumoon Abdul Gayoom during his 30 years as dictator of Maldives. They funded his election campaigns. On national holidays newspaper pages were filled with ads from tourism tycoons sending greetings to “His Excellency Maumoon Abdul Gayoom and Madam Nasreena Gayoom.”

Mariyam Zulfa was rumoured to be a mistress for Gayoom. Whether these rumours are true or not, Zulfa remained a vocal supporter of Gayoom till recent days. When she was studying in Australia she sent threats and harassed Fareesha Abdulla and Michael O’Shea, the editors of the website Maldivesculture.com, which exposed the Gayoom regime.

ހޯމް މިނިސްޓަރު ޖީސަސް އަފީފަކީ ޔާމީންގެ އެޖެންޓެއް

Posted in political animals by maldivesarmy on February 28, 2011
ހޯމް މިނިސްޓަރު ޖީސަސް އަފީފުގެ ނުކުޅެދުންތެރިކަމާ ގޮތްދޫނުކުރުން މިހާރު އެންމެންނަށް ބޭޒާރުވެއްޖެއެވެ. މީނާއަކީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މީނާގެ އަމިއްލަ ރަށް ވިލުފުށި ހިމެނޭ ދާއިރާއަށް ކުރިމަތިލައިގެން ފޭލްވެފައިވާ މީހެކެވެ. މީނާއަކީ މަޖިލީހުގައި އެތައް ދައުރެއްގައި މެންބަރުކަން ކޮށް އިއްޒަތްތެރިވެފައިވާ މީހަކަށް ވިޔަސް ވިލުފުށީ ދާއިރާ ރައްޔިތުން މަޖިލީހަށް ހޮވީ ރެފްރީ ކަމުގެ ތަޖުރިބާ ހޯދާފައިވާ ރިޔާޒު ރަޝީދެވެ. މިވަރުގެ ލަދުވެތި ބަލިވުމަކުން އޭނާ ބަލިވުމުން ވެސް ސިޔާސީ ހަޔާތް ނިންމާލީކީ ނޫނެވެ. އަންނި އޭނާއަށް ސްޕެޝަލް އެޑްވައިޒަރުކަން ދިނުމުން ގާނޫނު އަސާސީއާއި ގާނޫނު މާނަ ކުރަން އެންމެ ރަގަޅަށް އެގޭ މީހަކީ ތިމަންނާ ކަމަށް ހެދިގެން ޓީވީއަށް އަރާ ފެލެން ފެށީއެވެ. އެހެން ހުއްޓާ ހޯމް މިނިސްޓަރު ކަމުގެ މަގާމު ދިނީއެވެ. ލޯކަލް ގަވަމެންޓް އޮތޯރިޓީއަކީ ވެސް މީނާއެވެ. ހޯމް މިނިސްޓްރީއަކީ ވެސް މީނާއެވެ. ފުލުސް އޮފީހަކީ ވެސް މީނާއެވެ. އެމްޑީޕީގެ މާ އިސް މީހަކަށް ހެދިގެން އުޅޭއިރު މިއީ ރާގޮނޑި ރާޖާ އަބްދުއްލާ ޔާމީނުގެ އެޖެންޓެކެވެ. ޔާމީންގެ ވަގު ވިޔަފާރިތަކުގައި ބައިވެރިވާ މީހެކެވެ. މީނާގެ ނުފޫޒު ބޭނުންކޮށްގެން ސަރުކާރުގެ އެހެން މުހިންމު މަގާމުތަކަށް ވެސް ޔާމީންގެ އެޖެންޓުން ވަނީ އިސްކޮށްފައެވެ.

ތުލުސްދޫއަށް ފުލުހުން ފޮނުވައި އެތަނުގައި ރައްޔިތުންނާ ފުލުހުންނާ ދެމެދު މާރާމާރީ ހިގަން ޖެހުނީ ޖީސަސް އަފީފުގެ ނޭއްގާނީ ސިޔާސަތުގެ ސަބަބުންނެވެ. ރައްޔިތުންނާ ކުރިމަތިލުމުގެ ސަބަބުން ފުލުހުންގެ އަގު ވެއްޓޭގޮތަށް ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓޭ ގޮތަށް އަމަލުކޮށްފައިވަނީ ހޯމް މިނިސްޓަރުގެ އެންގުމަށެވެ. މިކަމާއި ދެކޮޅު ހެދުމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޝްވާން ސަސްޕެންޑް ކޮށްފިއެވެ. ރިޝްވާނަކީ މައުމޫނު ދުވަސްވަރު އުފެދުނު އެންމެ ނުރައްކާތެރި ސްޓާރ ފޯސްއަށް ޓްރޭނިން ދިން މީހާ ކަމަށް ވިޔަސް ފަހަކަށް އައިސް ފުލުހުންގެ ކިބައިގައި ހުންނަން ޖެހޭ ޑިސިޕްލިން ރިޝްވާންގެ ކިބައިން ދަނީ ފެންނަމުންނެވެ. އަދި ފުލުހުންގެ ތެރޭ އޭނާއަކީ އިހުތިރާމް ލިބިފައިވާ މީހެކެވެ. ފުލުހުންގެ އިސް އޮފިސަރުން ސިޔާސީ ސަބަބުތަކާހެދި ސިޔާސީ މީހުންގެ އޯޑަރަށް ސަސްޕެންޑް ކުރަން ފެށުމުން ގައުމު ވަރަށް ނުބައި ފައްތަރަކަށް ވެއްޓުނީއެވެ.

ޖީސަސް އަފީފް ތުލުސްދޫ މައްސަލައިގައި މިހާބޮޑަށް ތެޅިގަންނަ އެއް ސަބަބަކީ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒޭނާއަށް ލަނޑެއް ދިނުމަށެވެ. މިނޫނަސް އެމްޑީޕީއާ ޑީއާރުޕީއާއި މައްސަލަ ޖެހޭ ކިތަންމެ ފަހަރެއް އާދެއެވެ. މިއީ ފުލުހުން ތުލުސްދޫއަށް ފޮނުވައިގެން ތަޅުދަނޑި ނުހިފެހެއްޓިޔަސް ސުލްހަވެރިކަމާ އެކު ހައްލު ކުރެވިދާނެ ވަރުގެ ކަމެކެވެ. މިކަމުގެ ފަހަތުގައިވަނީ ޑީއާރުޕީގެ ލީޑަރު ތަސްމީން އަލީ އާއި ޕީއޭގެ ލީޑަރު އަބްދުއްލާ ޔާމީންއާއި ދެމެދު ފެށިފައިވާ ހަނގުރާމައެވެ. އަފީފް ކުރާ ހުރިހާ ކަމެއް އެކުރަނީ ޔާމީންގެ އޯޑަރަށެވެ. ޑީއާރުޕީގެ ފަރާތުން ތުލުސްދޫ މައްސަލައިގައި ކުރިޔަށް ނިކުމެ އެތިބީ ތަސްމީނަށް ތަބާވާ މީހުންނެވެ. ރޮޒޭނާއާއި އަލީ ވަހީދާއި މަވޯޓާ ޝަރީފެވެ. މިއީކީ އެމްޑީޕީގެ މަސްލަހަތު އޮތް ކަމެއް ނޫނެވެ.

މަޑޫގަލި ރިސޯޓަކީ ޖީސަސް އަފީފުގެ ހިއްސާ އޮންނަ ރިސޯޓެކެވެ. މިނޫނަސް މީނާގެ ކިތަންމެ ވިޔަފާރިއެއް އެބަ ހުއްޓެވެ. މިދިޔަ އަހަރު ރ އަތޮޅާއި ނ އަތޮޅުން ރިސޯޓު ހަދަން ރަށްތަކެއް އިއުލާން ކުރީ ވެސް އަފީފަށް ރިސޯޓުތަކެއް ހޯދާ ދިނުމަށެވެ. އަފީފުގެ ހިއްސާ އޮންނަ ކުންފުންޏަށް ދެތިން ރަށް ކާމިޔާބު ކުރެވުނެވެ. ނަމަވެސް ކަނޑައެޅިފައިވާ މުއްދަތުގައި ސަރުކާރަށް ފައިސާ ނުދެއްކިގެން ޓޫރިޒަމް މިނިސްޓްރީ ބައެއް ރަށްތައް ވަނީ އަތުލާފައެވެ. އަދި ފައިސާގެ ގޮތުން ތަންކޮޅެއް ދަތިކޮށް އުޅުނަސް މިދައުރު ނިމޭ އިރު މީނާ ވެސް ވަރަށް ބޮޑު މަހުޖަނަކަށް ވާނެއެވެ. އެމްޑީޕީގެ ހުރިހާ ސިއްރުތަކެއް ޔާމީނަށް ކިޔާދެމުން ގޮސް އެންމެ ފަހު ވަގުތު މީނާ ޔާމީން ވެރިކަމަށް ގެންނަން މަސައްކަތް ނުކުރާނެ ކަމެއް ވެސް ނޭގެއެވެ. ޔާމީންގެ މިނުބައި ނުލަފާ އެޖެންޓުގެ ކިބައިން އެމްޑީޕީ ސަލާމަތް ކުރުމަކީ އެމްޑީޕީގެ ހުރިހާ މެންބަރުންގެ މައްޗަށް އޮތް ވާޖިބެކެވެ. އަދި ޖީސަސް އަފީފު ސަރުކާރުގެ ނުފޫޒު ބޭނުންކޮށްގެން ހިންގާ ކަރަޕްޝަނުގެ އަމަލުތައް ފަޅާއަރުވާލައި ތަހުގީގު ކުރަން ފެށުމަށް ދިވެހި ފުލުހުންނަށް އިލްތިމާސް ކުރަމެވެ.

މާލޭގެ މޭޔަރަކަށް ގޭންގް ސްޓާރެއް ހޮވައިފި

Posted in gang violence, political animals by maldivesarmy on February 26, 2011
މާލޭގެ މޭޔަރަކަށް ގޭންގް ސްޓާރެއް ހޮވައިފިއެވެ. މާލޭގެ ކައުންސިލަށް ހޮވުނު މީހުންގެ ތެރޭ ވޯޓުލުމަށްފަހު މާލޭގެ މޭޔަރަކަށް ހޮވި ސަރަނގު އާދަމް މަނިކަކީ މާލޭގެ ގޭންގުތަކަށް އެންމެ ބޮޑަށް ހަރަދުކުރާ އެކަކެވެ. ސަރަނގު ކައުންސިލަށް ކުރިމަތިލައި ކެމްޕޭނު ކުރަމުންދިޔައިރު އޭނާގެ ޖަގަހަތަކުގައި ވެސް ގޭންގުތައް ހަރަކާތްތެރިވިއެވެ. އަދި ސަރަނގާއި ވާދަކުރި ޑީއާރުޕީގެ އައްސަދު ޝަރީފާއި އަމިއްލަ ކެންޑިޑޭޓު ޝެރިންނަށް ޖެއްސުން ކުރުމަށް ގޭންގުތައް ބޭނުންކޮށްފައިވެއެވެ. ސަރަނގާއި ގުޅިފައިވާ ގޭންގު ލީޑަރުންގެ ތެރޭ ޕީޓްރަލް ސަރަހައްދުގެ ގައްބަރޭ ހިމެނެއެވެ. ގައްބަރޭ ކަމެއްގައި ފުލުސް އޮފީހަށް ގެންދާއިރަށް އޭނާ ދޫކޮށްލުމަށް ސަރަނގޭ ފޯނުކުރެއެވެ. އެމްޑީޕީގެ ބޮޑުންނާއި ގޭންގުތައް ގުޅިފައިވާ މިންވަރުން މާލޭގައި ކުށް މަދުކުރުމަށް ހަރަކާތްތެރިވުމަށް ފުލުހުންނަށް ވެސް ވަނީ ނުކުޅެދިފައެވެ. ސަބަބަކީ ފުލުހުން ކިތަންމެ ހެޔޮ ނިޔަތެއްގައި މަސައްކަތް ކުރިޔަސް ސަރުކާރުގެ ބޮޑެތި މީހުންގެ ފޯނުކޯލްތަކުން ކުށްވެރިން ދޫކޮށްލުމަށް މަޖުބޫރުކުރާތީއެވެ. އެގޮތަށް އަމަލު ނުކޮށްފިނަމަ އާދައިގެ ފުލުސް އޮފިސަރެއްގެ ވަޒީފާ ގެއްލިދާނެތީއެވެ. ސަރަނގު އާދަމް މަނިކުގެ އިތުރަށް މާލޭގައި ގޭންގުތައް ގެންގުޅޭ އަނެއް މީހަކީ ރީކޯ މޫސާ މަނިކެވެ. އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ރައީސެވެ. ފުލުހުންނަށް އަހަރެމެން އިލްތިމާސް ކުރަނީ މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި ސަރަނގޭ އާއި ރީކޯ މޫސަގެ ގޭންގުތަކުގެ ގުޅުންތައް ފަޅާއަރުވާލައި އެކަންތައް ތަހުގީގުކުރަން ފެށުމަށެވެ. އެކަން ކުރެވޭވަރުގެ ހެކި ފުލުސް އޮފީހަށް މިހާރު ލިބިފައި ހުންނާނެއެވެ. އެކަން ކުރެވޭ ވަރުގެ ހެކި އެމްއެންޑީއެފްގެ ކޮމިއުނިކޭޝަންސް ޔުނިޓްގައި ވެސް މިހާރު ހުންނާނެއެވެ. ސަރަނގޭ އާއި ރީކޯ މޫސަ މިކުޅޭ ކުޅިވަރުގައި ނިކަމެތި ރައްޔިތުން ހަލާކުވާތަން ބަލާކަށް އަހަރެމެން ދެން ނުތިބޭނަމެވެ. ފުލުހުންނާއި ސިފައިން ގައުމުގެ މަސްލަހަތު އިސްކުރާށެވެ. ރީކޯ މޫސަގެ ކާރުން ފެނުނު ރާފުޅިތަކުގެ މައްސަލަ ވެސް ސަރުކާރުން އޮއްބާލީއެވެ. ސަރުކާރުން ވެސް މިސްރާއި ޓިއުނީޝިޔާގައި ވީގޮތް އަދި ލީބިޔާގައި ވަމުންދާ ގޮތާއި މެދު ވިސްނާ ރަގަޅަށް ހޭއަރާ ތިބޭށެވެ. ކާނަލް ގައްޒާފީވެސް މީގެ މަހެއްހާ ދުވަސް ކުރިން މިހާރު ވަމުންދާގޮތް ވެދާނެ ކަމަށް ހިތަށް ވެސް އަރުވާ ނުލައެވެ. ރާއްޖޭގައި ވެސް ހިތަށް ވެސް ނާރާހާ އަވަހަށް ކަންތައް ބަދަލުވެގެން ހިގައިދާނެއެވެ.

އެމްޑީޕީގެ ހުތުރުވެފައިވާ މޫނުމަތި

Posted in filthy rich by maldivesarmy on February 18, 2011
އެމްޑީޕީ މައުމޫނުގެ ވެރިކަމާ ދެކޮޅަށް ފެލެމުން ދިޔަ ދުވަސްވަރު އެންމެ ގަދަޔަށް ދެއްކި އެއް ވާހަކައަކީ މައުމޫނުގެ ވެރިކަމުގެ ކަރަޕްޝަނުގެ ވާހަކައެވެ. ޔާމީނާއި އިލްޔާސާއި އެހެން ވެސް ވެރިކަމުގެ ބޮޑުންތައް ދައުލަތުގެ ފައިސާގައި ޖެހެމުން ދިޔަ ވާހަކައެވެ. ނަމަވެސް އެމްޑީޕީ ވެރިކަމަށް އައުމާ އެކު ދެން ރައްޔިތުންނަށް ފެނިގެން ދިޔައީ ސަރުކާރުގެ މިލްކިއްޔާތު އެމްޑީޕީގެ ބޮޑުންނަށް ބައިއަޅަމުން ދިޔަ ތަނެވެ. ވެރިކަމަށް ދެއަހަރު ވެސް ނުފުރެނީސް އެމްޑީޕީގެ ބޮޑުންގެ ކަރަޕްޝަނުގެ އަމަލުތައް މައުމޫނުގެ ސަރުކާރަށް ވުރެ އެންމެ ތަންކޮޅެއް ވެސް ސަހަލު ނޫން ކަން ޔަގީންވިއެވެ. އެހެން ނުވާންވީ ކީއްވެތޯއެވެ. ރައީސް އޮފީސް ތެރޭ މާ ބާރުގަދަ މަގާމެއްގައި އެއިންނެވީ ކަރަޕްޝަނުގެ އައްޕައެވެ. ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުރެގެން އެތައް ރިސޯޓެއް ރައްޓެހިންނަށް ބައިއަޅާ އެތައް މިލިޔަން ޑޮލަރެއް ކަޓުގެ ގޮތުގައި ޖީބަށް ލާފައިވާ އިބްރާހިމް ހުސެން ޒަކީއެވެ. ރައްޔިތުންނަށް ވާނުވާ ވެސް ނޭގި ޖީއެމްއާރަށް މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓު ދީފިއެވެ. ދެން އިވުނު އަނެއް އަޑަކީ އައިޖީއެމްއެޗު އިންޑިޔާގެ އެޕޯލޯ ކުންފުންޏަށް ދިން ވާހަކައެވެ. މިކަމުގައި ފޮރުވިފައިވާ އެތައް ސިއްރުތަކެއް ހުރީތީ އެކަން ހޯދުމަށް ނޫސްވެރިން އުޅެގަތުމުން އެކަން ސިއްރުކުރަން ދެފުށްފެންނަ ސަރުކާރުން ކުރި މަސައްކަތް އެންމެންނަށް ވެސް އެގެއެވެ. މިހާރު އިވޭ އަޑަކީ އެޕޯލޯއިން ހޮސްޕިޓަލާ ހަވާލު ނުވާނެ ވާހަކައެވެ. މިއީ ރާވައިގެން މޮޅަށް ކަންތައް ކުރާ އެމްޑީޕީ ސަރުކާރުގެ ހާލަތެވެ.

މާރިޔާ އެމްޑީޕީގެ ޗެއަރޕާސަނަކަށް ހުރީތީ އޭނާގެ އާއިލާގެ ދުރުތާ ތިމާގެ މީހުންނަށް ވެސް ސަރުކާރުގެ ބޮޑެތި މަގާމުތައް ބަހަން ޖެހިއްޖެއެވެ. މިއީ މައުމޫނުގެ އާއިލާ މީހުންނަށް ބޮޑެތި މަގާމުތައް ދީގެން މައްސަލަ ޖެއްސި މީހުން ވެރިކަމަށް އައުމަށްފަހު ކަންތައް ކުރަން ފެށި ގޮތެވެ. މާރިޔާގެ ކޮއްކޮ ހައުލާ ނިއުޓްރިޝަން ކިޔަވައިގެން އައިމާ އޭނާ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ފޮރިން މިނިސްޓަރަކަށް އައްޔަން ކޮށްފިއެވެ. މާރިޔާގެ ދައްތަގެ ދަރިފުޅު މިފްޒާލް ރާއްޖޭގެ ކަންތައް ހިންގުމުގެ އެއްވެސް ތަޖުރިބާއެއް ނެތް ޒުވާނެއް ކަމަކު އިންވެސްޓް މޯލްޑިވްސްގެ މަތީ މަގާމަކަށް އައްޔަންކޮށްފިއެވެ. ދެން ފެނުނީ އިންވެސްޓް މޯލްޑިވްސްއަށް ލިބުނު ހުށަހެޅުމެއް އޭނާ އަމިއްލަ ކޮށްލައިގެން މެގަ މޯލްޑިވްސް ކިޔާ އެއާލައިނެއް ހެދިތަނެވެ.

އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު ރީކޯ މޫސާ މަނިކަކީ އަބަދުވެސް ފަތުހުއްލާ ޖަމީލާއި އާދަމް ޒާހިރު ބުނާ ކަމެއް ކޮށްދީގެން އުޅުނު “ބޯއީ” އެކެވެ. މިއަދު ސްޓޭޖަށް އަރާ މައުމޫނުގެ ދައުރުގައި ތިމަންނައަށް ވަރަށް އަނިޔާ ކުރިއޭ ކިޔާ ފެލޭއިރު މިނަގޫބަޅު ވިޔަފާރި ކުރަން އުޅުނީ މައުމޫނުގެ ދައުރުގެ އެންމެ ބޮޑު އެއް އަނިޔާވެރިޔާ އާދަމް ޒާހިރާއެކުގައެވެ. އެމްޑީޕީއަށް ވެރިކަމަށް އާދެވުމުން ރީކޯ މޫސައަށް ވެސް ތިމަންނަގެ ފެންވަރަކީ ހޮލީވުޑްގެ ސުޕަ ސްޓާރެއްގެ ފެންވަރޭ ހީވެއްޖެއެވެ. މީނާގެ އަންހެން ދަރިފުޅު އިދެގެން އުޅޭ ޖާވީދު (ބަނބުކެޔޮ ޖާ) ކުރިޔަށް ނެރެގެން ބޮޑެތި ވިޔަފާރީގެ ޑީލްތައް ހަދަން ފަށައިފިއެވެ. މިއަދު މިއޮތީ ތިލަފުށި ކޯޕަރޭޝަނުން ބިޑް ކުރުމެއް ނެތި ރީކޯ މޫސަގެ ކުންފުނި ހެވީލޯޑަށް ބޮޑު މަޝްރޫއެއް ދިން ކަން ފަޅާ އަރާފައެވެ.

ރައީސް އޮފީހުގެ ފިނޭންސް ސެކެޓްރީ އަހުމަދު މައުސޫމުގެ ހަގީގަތް ވެސް ރައްޔިތުންނަށް މިއަދު ފަޅާ އަރައިފިއެވެ. އޭނާގެ މަސްލަހަތު އޮންނަ ވިޔަފާރި ކުންފުންޏަކުން ސިގިރޭޓަށް ޑިއުޓީ މަދުން ދައްކައިގެން އެތެރެކުރަން އުޅުނު ކަން ފަޅާއަރައިފިއެވެ.

މިހުރިހާ ކަމެއް ވަމުންދާއިރު އަބްދުއްލާ ޔާމީން ބަރުމާއަށް ތެޔޮ ވިއްކައިގެން ނާޖާއިޒު ފައިދާތަކެއް ހޯދަން ވެގެން އެސްޓީއޯ މެދުވެރިކޮށް ކުރި މަސައްކަތް ވެސް ވަނީ ފަޅާއަރާފައެވެ. ހަގީގަތަކީ ޔާމީނަކީ މައުމޫނުގެ ވެރިކަމުގެ ފަހުގެ އަހަރުތަކުގައި އުފެދުނު އެންމެ ކަރަޕްޓް މީހާއެވެ. އިލްޔާސްގެ ބާރު ކަނޑުވާލުމަށްޓަކައި މައުމޫނު ޔާމީން ކައިރި ކުރިއިރު އޭނާއަށް ހަވާލުކުރީ ހަމައެކަނި ޓްރޭޑް މިނިސްޓްރީއެއް ނޫނެވެ. ޒަމާނުއްސުރެ އިލްޔާސްގެ ނުފޫޒު އޮތް އެސްޓީއޯ ވެސް ހަވާލުކުރީއެވެ. ދެން އެވަރުން ނުވެގެން ސްޓެލްކޯ ވެސް ހަވާލުކުރީއެވެ. ފަނަރަ ވަރަކަށް އަހަރު ވެސް ނުވަނީސް ޔާމީން ރާއްޖޭގެ އެންމެ މުއްސަދި އެކަކަށް ވެއްޖެއެވެ. ނަމަވެސް ޔާމީންގެ މައްސަލަތައް ބަލާކަށް އެމްޑީޕީއަކަށް ކުޅަދާނަވެގެންނެއް ނުވެއެވެ. ސަބަބަކީ ޔާމީންގެ ވިޔަފާރީގެ ތެރޭގައި އެމްޑީޕީގެ އިސް ވެރިން ވެސް ހިމެނޭތީއެވެ. ޔާމީންގެ މައްސަލަ ބަލާނަމަ އެމްޑީޕީއަށް މިހާރު ހަރަދުކޮށް މަޖިލިސް މެންބަރުން އެމްޑީޕީއަށް ގަނެދޭ އަބްދުއްލާ ޖާބިރުގެ މައްސަލަތައް ވެސް ބަލަން ޖެހެއެވެ. ކުރިން ރައީސްގެ ސްޕެޝަލް އެޑްވައިޒަރަކަށް ހުރި މިހާރުގެ ހޯމް މިނިސްޓަރ ހަސަން އަފީފު (ޖީސަސް) ގެ މައްސަލަ ވެސް ބަލަން ޖެހެއެވެ. މިއީ މުޅިންވެސް ޔާމީންގެ ވިޔަފާރި ތެރޭ ހިމެނޭ މީހުންނެވެ. މިހާރު އަޑު އިވެނީ އޭރީސް މައުސޫމަކީ ވެސް ޔާމީނުގެ އެޖެންޓެއް ކަމަށެވެ. ވީމާ ލަންކާއިން ގަނެފައި އޮތް ސައިފަތް ދަނޑުގެ މައްސަލައެއް ވެސް ނުބެލޭނެއެވެ. ބޭރުގެ މަސް ބޯޓުތައް ގެނެސްގެން ރާއްޖޭގެ މަސްކަނޑުތައް ވިއްކާލައި ކަޓު ނެގި މައްސަލައެއް ވެސް ނުބެލޭނެއެވެ. ބަލާނީ ކިހިނަކުންތޯއެވެ. ކަނޑު ވިއްކުމުގައި ޔާމީނާއި އެކު ބައިވެރިވެފައިވަނީ މިހާރު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކެރަފާ އަހުމަދު ނަސީމެވެ.

އެފްޕީއައިޑީގެ މައްސަލައެއް ވެސް ނުބެލޭނެއެވެ. އިލްޔާސް އިބްރާހިމް މިހާރު އެމްޑީޕީ ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނާއި ސަޓޯ އެމްޑީޕީއަށް ދޭ ލާރީގެ ގިނަ ކަމުންނެވެ.

ދެން ހުރިހާ ރައްޔިތުން ގޮރު ބޮއެގެން ތިބޭށެވެ.

President Nasheed’s Cabinet Minister in Anti-Semitic Protest

Posted in fanatics by maldivesarmy on December 23, 2010

Member of President Mohamed Nasheed’s Cabinet, the Minister for Islamic Affairs Dr Abdul Majeed Abdul Bari led the protest against visiting Jewish medical team on 17 December. Educated in a university from Medina, considered to be a hotbed for preaching Wahhabi ideology to the rest of the world, Dr Bari has not kept his extremist views hidden, whether it is on the sale of alcohol in Maldivian resorts, banning discos, implementing death penalty or even Internet.


Dr Bari (R), in anti-Semitic protest

Dr Bari hails from a powerful and rich family of resort owners and owns shares in Sunland Resorts, the family business, despite his publicly proclaimed belief that sale of alcohol in resorts is forbidden in Islam. In fact, Dr Bari once bid for a tourist resort.

The Sunland Group had been successful in maintaining good contacts with current Special Envoy of the President Ibrahim Hussain Zaki when he was the Tourism Minister under former dictator General Maumoon Abdul Gayoom. In a case of corruption that involved Zaki, Sunland Group, former Attorney General Dr Mohamed Munavvar and Abdulla Shahid, current Speaker of Parliament who was Executive Secretary to the President at the time, Sunland was able to get 3 resorts in a bid opened to the public in 1997. The group became even more powerful when General Gayoom appointed Hussain Hilmy, one of the shareholders of Sunland, as Minister of Youth and Sports on 21 July 2005. Hilmy resigned from Cabinet on 5 August 2008, in the dying days of General Gayoom’s regime.

Sunland’s fortunes soared with the new government of President Nasheed as well. Dr Bari was appointed as Minister of Islamic Affairs in the first Cabinet Nasheed formed. Husnu Al-Suood, who succeeded Dhiyana Saeed as Attorney-General, is related to Sunland family by marriage. Sunland’s shareholder Mohamed Nazeer was appointed as Minister for Trade and Commerce stationed at High Commission of Maldives in UK. Nazeer, a close associate of Ibrahim Hussain Zaki, was also a secret financier for Maldivian Democratic Party (MDP) when it was in opposition. He was arrested by General Gayoom’s police because of his alliance with MDP.

It is not surprising when President Nasheed ignores the threats made by Adhaalath Party headed by Dr Bari that it will organize protests nationwide against the policies of the government. Nasheed cannot afford to sack Dr Bari even though the Adhaalath leader participated in the anti-Semitic protest, openly defying the government. Pro-MDP news website Minivan News has tried to tone down Dr Bari’s role in the protest when it reported the news of the resignation of Sheikh Mohamed Shaheem Ali Saeed, who held the position of State Minister for Islamic Affairs. While researching for this article, we noticed links to some articles previously published in Minivan News that project a negative image of Dr Bari do not exist anymore. Whether this has been done deliberately to save the face of a member of Nasheed’s Cabinet, or if this was unintentional, is not clear.

Dr Bari will remain in Nasheed’s Cabinet but he is expected to wear a suit and tie, or dressed in formal attire, when attending the Cabinet meetings, in contrast to the white t-shirt with the words “100% Zionist Free Maldives” he wore when he preached hatred and antisemitism during the protest on 17 December.

Follow

Get every new post delivered to your Inbox.