ޒަކީ، މާރިޔާ އަދި ރީކޯ މޫސަ ވެސް އިސްތިއުފާ ދޭން ޖެހޭ
މާރިޔާއަކީ މައުމޫނުގެ ސަރުކާރުގައި އެޅިހާ ބަތަކަށް ރިހަ ވެގެން އުޅުނު މީހެކެވެ. މިހާރުގެ ރައީސް ނަޝީދު (ރީކޯ މޫސަ ކިޔާ ގޮތަށް ނަމަ ނަސީދު) 1999 ވަނަ އަހަރު ވެލާނާގެއިން ވައްކަން ކުރި ކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް ވައްކަމުގެ ދައުވާ ދައުލަތުން ކުރުމަށް ދައުވާ ތައްޔާރުކުރީ އޭރުގެ ބަންޑާރަ ނައިބު ޑރ މުހައްމަދު މުނައްވަރުގެ އެންގެވުމުގެ މަތިން ބަންޑާރަ ނައިބު އޮފީހުގެ ވަކީލާ މާރިޔާ އަހުމަދު ދީދީއެވެ. 2005 ވަނަ އަހަރު ބީބީސީއަށް ދިން އިންޓަވިއުއެއްގައި މީނާ ބުނެފައި ވަނީ ޑިމޮކްރެސީއަށާ ބަދަލަށް ދިވެހިން ތައްޔާރު ނުވާ ކަމަށެވެ. މިފަދަ މީހަކަށް އެމްޑީޕީގެ ޗެއަރޕާސަންކަން ހަވާލުކުރުމުން ދެން ވާނެ ގޮތްތައް ފެންނަމުން މިހިރަގެން ދަނީއެވެ. 2009 ވަނަ އަހަރު މެއި މަހުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް އެހާ މަދުން ގޮނޑި ލިބެން ޖެހުނީ ޕާޓީގެ ރޭވުންތެރިކަން ކުޑަކަމުންނެވެ. ބައެއް ކެންޑިޑޭޓުންގެ ގޮތުގައި ޕާޓީން ނަގާފައި ތިބީ ވަގުންނެވެ. ނުވަތަ މުޖުތަމައު އެއްވެސް އިހުތިރާމެއް ނުކުރާ މީހުންނެވެ. މަދުވެގެން 50 ގޮނޑި އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށް ރައީސް ނަޝީދު ބުނެފައި ވަނިކޮށް، އެމްޑީޕީއަށް ދިމާވި ލަދު ގަންނަން ޖެހުނު ނަތީޖާއަށް ފަހުގައި ވެސް އިސްތިއުފާ ދޭކަށް މާރިޔާ ނޫޅުނެވެ. އެފްޕީއައިޑީގެ ލާރީގައި މުއްސަދިވީ ސަޓޯ (މާރިޔާގެ ކުރީގެ ފިރިމީހާ) އެމްޑީޕީއަށް ނުފޫޒު ފޯރުވަނީ މާރިޔާ މެދުވެރިކޮށެވެ.
ރީކޯ މޫސައަކީ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރެވެ. ޕާލަމެންޓަކީ ފިލްމު ސްޓޫޑިއޯއެއް ނަމަ މީނާއަށް އެތަނުގައި ރަގަޅު ތަމްސީލުތަކެއް ކުޅެވިދާނެއެވެ. ނަމަވެސް މީނާގެ ނާގާބިލުކަމާއި ގުޅިގެން އެމްޑީޕީ މެންބަރުންނަށް ފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުގައި ކުރިމަތިލާން ޖެހިފައިވަނީ މުޅިންވެސް ނާކާމިޔާބީއާ އެވެ. ވަކި ޕާޓީއަކާ ނުގުޅި ތިބި މެންބަރުންގެ ތާއީދު ހޯދުމަށް މަސައްކަތް ކުރެވޭވަރުގެ ގާބިލުކަމެއް ރީކޯ މޫސަގެ ކިބައިގައި ނެތެވެ. އަދި އަމުދުން ރީކޯ މޫސައަކީ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރުކަމާ ދޮންބިލެތް އަހުމަދު ހަލީމަކީ އެމްޑީޕީގެ ސްޕޯކްސް ޕާސަން ކަން ބުނުމުން ދިވެހި ރައްޔިތުންގެ ގާތަށް އަންނަނީ ހިންޏެވެ. ރީކޯ މޫސަގެ މާޒީއަށް ބަލާލާއިރު މީނާއަކީ ފަތުހުއްލާ ޖަމީލު ހިތްއުފާ ކޮށްދިނުމަށްޓަކައި ކަނޑޫމާ ރިސޯޓުގައި ރާބޮއެގެން ނަށަން އުޅުނު މީހެކެވެ. ދެން ކުރީގެ ފުލުސް ކޮމިޝަނަރު އާދަމް ޒާހިރާއެކު ވިޔަފާރި ކުރީ ދޯނި މިގިލި ކިޔާ ރިސޯޓެއް ހަދައިގެންނެވެ. އެއީވެސް ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ނުހޯދާ އޮޅުވާލައިގެން ހެދި ރިސޯޓެކެވެ. ރީކޯ މޫސައަކީ މާރިޔާއެކޭ އެއްފަދައިން އިސްލާހުގެ ހަރަކާތުގެ ތެރެއަށް މާފަހުން ބޯކޮއްޕާލި މީހެކެވެ. މިހާރު ރީކޯ މޫސަ ކުރާ ކަމަކީ މީނާގެ ދަނބިދަރި ޖާވީދު (ވާކްސް ކޯޕަރޭޝަންގެ ޗެއާމަން) މެދުވެރިކޮށް ހުރިހާ ބަނދަރު ހެދުމުގެ މަޝްރޫއެއް މީނާގެ ކުންފުނި ހެވީ ލޯޑަށް ހޯދުމެވެ. ދެން ކުރާ ކަމަކީ ރައްޔިތުންގެ މަޖިލީހުގަޔާ އެމްޑީޕީ ހަރުގޭގައި ކަރުބުޑުން ފެލުމެވެ.
އިބްރާހިމް ހުސޭން ޒަކީއަކީ މިއަދު އެމްޑީޕީއަށާ ސަރުކާރަށް ރައްޔިތުންގެ އިހުތިރާމާއި ގަދަރު ގެއްލެން ދިމާވެފައިވާ އެންމެ ބޮޑު އެއް ސަބަބެވެ. މި ނަގޫބަޅަކީ މައުމޫނަށް ހަމްދުސަނާ ކިޔަން އުޅުނު މައުމޫނުގެ މިނިސްޓަރެކެވެ. ‘އަ މޭން ފޮރ އޯލް އައިލެންޑްސް’ ގެ ނަމުގައި މައުމޫނުގެ ބަޔޯގްރަފީ ލިޔުއްވީ ވެސް ޒަކީ އާއި ޗަމްޕާ ހުސެއިން އަފީފުގެ ރޭވުމުންނެވެ. މައުމޫނު އަނިޔާވެރިކޮށް ވެރިކަން ކުރަމުން ދިޔައިރު ޒަކީއާއި ޑރ މުނައްވަރު ދިޔައީ ރިސޯޓު ޑީލްތަކުން ފައިދާ ނަގަމުންނެވެ. ޒަކީ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުރެގެން އެތައް ކަޓެއް ރިސޯޓު އޯނަރުން އަތުން ނަގާފައި ވެއެވެ. ބަޅެއްގެ ނަގޫ ސަންފާ އޮނަކަށް ލިޔަސް ތެދެއް ނުވާނެޔޭ ބުނާ އުސޫލުން އެމްޑީޕީ ސަރުކާރު އައުމަށް ފަހުގައި ވެސް ޒަކީގެ ކަރަޕްޝަން ހުއްޓުމަކަށް ނަޔެވެ. ރައީސް ނަޝީދު ސްޕެޝަލް އެންޖޯއި ޓު ދަ ޕްރެޒިޑެންޓްގެ ނަމުގައި މާ މޮޅު މަގާމެއް ދިން ތަނުން ޒަކީގެ ބަލާ ބޮޑުވެއްޖެއެވެ. މީނާގެ ރައްޓެހި ބޭރުގެ ވިޔަފާރިވެރިންނަށް ބޮޑެތި މަޝްރޫއުތައް ހޯދައިދޭން ފަށައިފިއެވެ. ބޭރުގެ އިންވެސްޓަރުންނަށް ޒަކީއަށް ބައި ނާޅާ ރާއްޖޭގައި ވިޔަފާރިއެއް ނުކުރެވޭ ގޮތަށް ދަތިކުރަން ފަށައިފިއެވެ. މީނާގެ ދަރި ހަމްދާނު ޒަކީ މިފަދަ ކަރަޕްޓް ޑީލްތައް ހެދުމުގައި މީނާގެ ފަރާތުން މަންދޫބެއްގެ ގޮތުގައި އައްޔަން ކޮށްފިއެވެ. ޔާމީނާއި ގާސިމްގެ ރިޝްވަތު ތަހުގީގު ކުރާއިރު ޒަކީގެ ކަރަޕްޝަންތައް ވެސް ތަހުގީގު ކުރެވެން ޖެހޭނެއެވެ.
[...] honest man. Mariya‘s ex-husband Sato is an honest man. Kerafa Ahmed Naseem is an honest man. Reeko Moosa Manik is an honest man. Red Wave Saleem is an honest man. Ahmed Abdulla is an honest man. Alhan Fahmy is [...]
[...] ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު ރީކޯ މޫސާ މަނިކަކީ އަބަދުވެސް ފަތުހުއްލާ ޖަމީލާއި އާދަމް ޒާހިރު ބުނާ [...]