Anarchist Radical Maldivian Youth

ބިޑުކުރުމެއް ނެތި ވެދުންކުރާ ބޮޑެތި މަޝްރޫއުތައް

Posted in corporate greed, filthy rich, political animals by maldivesarmy on March 4, 2010
އެމްޑީޕީގެ ދެފުށްފެންނަ އެތެރެ ފެންނަ ސަރުކާރުން ބިޑުކުރުމެއް ނެތި އިންޑިޔާގެ ބޮޑެތި ކުންފުނިތަކަށް ވެދުންކުރަމުންދާ ބޮޑެތި މަޝްރޫއުތަކާ ބެހޭ ގޮތުން ޒާހިރު ހުސޭނުގެ ހަވީރު ނޫހުގައި ވަރަށް ފައްކާ ލިޔުމެއް ޝާއިއުކޮށްފިއެވެ. އަބްދުﷲ ޖަމީލު ލިޔެފައިވާ މިއާޓިކަލްގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭ އައިޖީއެމްއެޗް ބިޑުކުރުމެއް ނެތި އެޕޯލޯ ގްރޫޕަށް 15 އަހަރަށް ހަވާލުކުރުން، ދެކުނުގައި 250 ހައުސިން ޔުނިޓް އެޅުމަށް ޓާޓާ އާ ހަވާލުކުރުން، ދެކުނުގައި ކަރަންޓު އުފެއްދުމަށް ސުޒްލޯން ކުންފުންޏާ ހަވާލުކުރުން އަދި ހަނިމާދޫ ވައިގެ ބަނދަރު ތަރައްގީ ކުރުމަށް ޖީއެމްއާރ ކުންފުންޏާ ހަވާލުކުރުން ހިމެނެއެވެ. ޖީއެމްއާރ ކުންފުންޏަށް 6،000 – 10،000 ޓޫރިސްޓު އެނދު ދިނުމަށް ވެސް އެމްޑީޕީއާއި އަދާލަތު ގުޅިފައިވާ ކޯލިޝަން ސަރުކާރުން ވަނީ ނިންމާފައެވެ.

ސަރުކާރުން ކުރާ މިފަދަ ކަންތައްތަކާ ބެހޭ ސާފު މައުލޫމާތު ރައްޔިތުންނަށް އަދި ނޫސްވެރިންނަކަށް ވެސް ނުދެއެވެ. އެޕޯލޯ ގްރޫޕަށް އައިޖީއެމްއެޗް ހަވާލުކުރުމާ ބެހޭ ތަފުސީލު ނޫސްވެރިންނަށް ދިނުމަށް ދެފުށްފެންނަ ސަރުކާރުން ވަނީ އުޒުރުވެރިވެފައެވެ. ހަނިމާދޫއިން މީހުން ބޭލުމަށް ވެސް މިހާރު ބަޔަކު މަސައްކަތް އެބަކުރެއެވެ. މިކަމާ ހަނިމާދޫ މީހުން ތިބީ އިންތިހާއަށް ކަންބޮޑުވެފައެވެ.

އިންޑިޔާގެ ބޮޑެތި ކުންފުނިތަކަކީ ދުނިޔޭގެ ފެންވަރުގައި ވާދަކުރާ މޮޅު ކުންފުނިތައް ކަން އެންމެން ވެސް ގަބޫލުކުރާނެއެވެ. އިންޑިޔާގެ ކުންފުނިތައް ދިވެހިރާއްޖޭގެ އިގުތިސާދުގައި ހަރަކާތްތެރިވާން ފެށުމަކީ ރާއްޖެއަށް ލިބޭ ކުރިއެރުމެކެވެ. ނަމަވެސް މައްސަލައަކަށް ވަނީ ބިޑުކުރުމެއް ނެތި މިފަދަ މަޝްރޫއުތައް ހަވާލުކުރާތީއެވެ. ބިޑުކޮށްގެން މަޝްރޫއުތައް ހަވާލުކުރުމުގެ ބޭނުމަކީ އެކަމަކަށް އެންމެ އެކަށީގެންވާ ބަޔަކަށް ފުރުސަތު ދިނުމެވެ. ކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ ފުރުސަތެއް ދީ އެންމެ ރަގަޅު ބަޔަކު ހޮވުމެވެ. އަނެއް ބޭނުމަކީ ކަރަޕްޝަނަށް މަގުފަހިވިޔަ ނުދިނުމެވެ. ބިޑުކުރުމެއް ނެތި މަޝްރޫއުތައް ހަވާލުކުރުމަކީ ދިވެހިރާއްޖޭގައި އިންވެސްޓްކުރުމާ މެދު ބޭރުގެ ބޮޑެތި ކުންފުނިތަކުގެ އިތުބާރު ގެއްލިގެންދާނެ ކަމެކެވެ. މިހާރު މިވާގޮތުން އެޕޯލޯ ގްރޫޕާ އެއް ފެންވަރެއްގެ އެހެން ކުންފުންޏެއް އައިޖީއެމްއެޗް ހިންގަން ބޭނުން ވިޔަސް އެބަޔަކަށް އެފުރުސަތު ނުލިބިދާނީއެވެ. މިކަމުން ގެއްލުން ލިބެނީ ގައުމަށެވެ.

މިފަދަ ބޮޑެތި މަޝްރޫއުތައް ބިޑުކުރުމެއް ނެތި ހަވާލުކުރާއިރު އެކަމުން ފައިދާވާ ބަޔަކުވެސް ސަރުކާރުގެ ތެރޭ އެބައުޅެއެވެ. ބިޑެއް ކުރުމަށް ކުންފުނިތަކުން ގިނަ ހަރަދުތަކެއް ކުރަން ޖެހެއެވެ. ބިޑުކުރާއިރު މަޝްރޫއު ލިބޭނެކަމުގެ 100 ޕަސެންޓް ޔަގީންކަމެއް ވެސް ނޯންނާނެއެވެ. ބިޑުކުރުމުގައި ހިމެނޭ ހަރަދާއި ރިސްކާއި ކުރިމަތިލުމުގެ ބަދަލުގައި ވަރަށް ފަސޭހައިން މަޝްރޫއު ހޯދިދާނެ ގޮތެއް އެކުންފުނިތަކަށް އޮވެއެވެ. އެއީ ދިވެހި ސަރުކާރުގެ އިސް ބައެއް ފަރާތްތަކަށް ރިޝްވަތު ދިނުމެވެ.

ސްޕެޝަލް އެންޖޯއި އިބްރާހިމް ހުސެން ޒަކީ މައުމޫނުގެ ވެރިކަމުގައި ހިންގާފައިވާ ކަރަޕްޝަންތަކުގެ ވާހަކައަކީ ލިޔެ ހުސްވާނެ ވާހަކަތަކެއް ނޫނެވެ. މިހާރު ބޭރުގެ އިންވެސްޓަރުންނާ އެންމެ ގިނައިން މުއާމަލާތްކުރަނީ މިނަގޫބަޅެވެ. އޭނާގެ މަގާމުގެ ގޮތުން ބޭރުގެ އިންވެސްޓަރުންނާ ބައްދަލުކުރަން ޖެހެނީ ކީއްވެގެން ކަމެއް ނޭގެއެވެ. އަދި އޭނާގެ ވަޒީފާގައި ކުރަން ޖެހެނީ ކީއްކަންވެސް އެގެނީ ހަމައެކަނި އަންނިއަށެވެ. ނަގޫބަޅުގެ ދަރިފުޅު ހަމްދާނު ޒަކީވެސް ހީވަނީ ސަރުކާރުން ވަޒީފާދީފައި ހުންނަ މީހެއްހެންނެވެ. ބޭރުގެ އިންވެސްޓަރުންގެ ބޮޑެތި ވަފުދުތައް ރާއްޖެއައުމުން އެމީހުން ގޮވައިގެން އެންމެ ގިނައިން އުޅެނީ ހަމްދާނު ޒަކީއެވެ.

ދެންހުރި ނަގޫބަޅަކީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް ކެރަފާ އަހުމަދު ނަސީމެވެ. ނަގޫބަޅު ކުރިން އުޅުނީ ފޮރިން އިންވެސްޓްމެންޓް ސަރވިސް ބިއުރޯގައެވެ. ރާގޮނޑި ރާޖާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޓްރޭޑް މިނިސްޓަރަކަށް ހުރެގެން ބޭރުގެ އިންވެސްޓަރުން އަތުން ނުހައްގުން ފައިސާ ފެލަމުންދިޔައިރު އެކަމުގައި ވާގިވެރިވީ ނަގޫބަޅަކީ މަސްއޮޑި ނަސީމެވެ. މީނާ ބޭރު ކޮންމެ އިންވެސްޓަރެއް ކައިރީ ބުނަމުން ދިޔައީ އޭނާއަށާ ޔާމީނަށް ކަޓުދިނުމުން ރާއްޖޭގައި ވިޔަފާރި ކުރެވޭނެ ކަމަށެވެ. މިކަމަށް އެއްބަސް ނުވާ އިންވެސްޓަރުންނަށް ޖެހުނީ ދެން އެންމެ އަވަހަށް ފުރާ ފްލައިޓަކުން ފުރައިގެން ދާށެވެ. ނަސީމާއި ޔާމީން ގުޅިގެން ހިންގާފައިވާ ކަރަޕްޝަންތަކުގެ ވާހަކަ ވެސް ލިޔެ ހުސްނުވާނެއެވެ. ނަމަވެސް ނަސީމްގެ ކަރަޕްޝަން ތަހުގީގުކުރަން ކެރޭ ރިޔާސީ ކޮމިޝަނެއް އަދި ދުނިޔެއަކަށް ނާދެއެވެ. ރާއްޖެއަށް މިހާރު އަންނަ ފޮރިން އިންވެސްޓަރުންނާ އެންމެ ގިނައިން ބައްދަލުކޮށް އެމީހުންނާ މުއާމަލާތްކުރާ އެކަކީ މަސްއޮޑި ނަސީމެވެ. ނަސީމަކީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ވާތީ ތޯއްޗެކެވެ.

އިންވެސްޓް މޯލްޑިވްސްއޭ ކިޔައިގެން މިހާރު ހިންގާ ކަންތައްގަނޑަކީ ވެސް ކަރަޕްޝަނެވެ. ޓްރޭޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާދިލް ސަލީމަކީ މިފްކޯ ހިންގުމާ ހަވާލުކޮށްގެން އުޅުނުއިރު ކަރަޕްޝަންގެ އެތައް ކަމެއް ހިންގާފައިވާ މީހެކެވެ. ދެން ފިޒިއޮތެރަޕިސްޓް ރަޝީދުގެ ވަޒީރުކަމުގެ ދަށުން ރަގަޅަށް ޓްރޭޑް މިނިސްޓްރީ ހިންގޭނީ ކިހިނަކުން ހެއްޔެވެ؟

މިއަދު ދެފުށް ފެންނަ ސަރުކާރުގެ ސިޔާސަތަކަށް ވެފައި މިއޮތީ ސަރުކާރުގެ ބޮޑުން އެމީހަކަށް ކެވުނު ވަރަކަށް ކާން ދޫކޮށްފައި ބޭތިއްބުމެވެ. ނަގޫބަޅުންތައް ގައުމުގެ ކަނޑުފަޅާ ހޮސްޕިޓަލްތަކާ ގޯތިތަކާ ވަޅުފަދަ ތަންތަން ބޭރުގެ ކުންފުނިތަކަށް ބިޑުކުރުމެއް ނެތި ހަވާލުކުރާއިރު ރައްޔިތުން މިތިބެނީ އެއްޗެއް ބޮއެގެން ހެއްޔެވެ؟ ރާ ނުވިއްކިޔަސް ރާނުބުޔަސް ރާ ނުލިބުނަސް ގިނަމީހުން މިތިބެނީ ކޮންމެވެސް އެއްޗެއް ބޮއެގެންނެވެ. މިފަދަކަންތައް މިހެން ހިގަމުންދާއިރު 2013 ވަނައަހަރު އަންނަންދެން މަޑުން އަހަރެމެން ތިބޭނެކަމަށް ހީނުކުރައްޗެވެ.

Advertisement

3 Responses

Subscribe to comments with RSS.

  1. CC said, on March 5, 2010 at 12:54 pm

    bid nukureveynama… dhevana ehchakah nuvaane.

    it is corruption. u r right!

  2. [...] honest man. Ibrahim Hussain Zaki is an honest man. Mariya‘s ex-husband Sato is an honest man. Kerafa Ahmed Naseem is an honest man. Reeko Moosa Manik is an honest man. Red Wave Saleem is an honest man. Ahmed [...]

  3. [...] ދިޔަ ތަނެވެ. ވެރިކަމަށް ދެއަހަރު ވެސް ނުފުރެނީސް އެމްޑީޕީގެ ބޮޑުންގެ ކަރަޕްޝަނުގެ އަމަލުތައް މައުމޫނުގެ ސަރުކާރަށް ވުރެ އެންމެ ތަންކޮޅެއް ވެސް [...]


Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Connecting to %s

Follow

Get every new post delivered to your Inbox.